ޚަބަރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން، 74.9 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެ އިމާރާތް އަޅަން ބިޑު ހުޅުވާލުމުން ނުވަ ފަރާތަކުން ކުރިމަތިލި އެވެ. މަސައްކަތް ހަވާލުކުރާނެ ކުންފުނި ކަނޑައެޅީ ފިނޭންސް މިނިސްޓްރީންނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރުވަންތައިގެ އާ އިމާރާތް އަޅަނީ ވަށައި ޖެހޭ ތައުލީމެއް ދެވޭ ގޮތަށް އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލުގެ ގޮތުގަ އެވެ. އަންނަ އަހަރުގެ އޭޕްރިލް މަހު އެތަން ނިންމައި، މިހާރު ވެސް ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި ކިޔަވަމުން އަންނަ ދަރިވަރުންނާ އެކު ކިޔެވުން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށް، 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ބުރީގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!