ވިޔަފާރި

އެމްއޭސީއެލްއިން މިދިޔަ އާދީއްތަ ދުވަހު 329 ޓަނުގެ ކާގޯ ހޭންޑަލްކޮށް ރެކޯޑް ހަދައިފި

  • ސްނެޕްޗެޓްގެ ސްޓްރީކް ކުރުމަކީ އަކީ ގިނަބަޔަކު އެކަމަކާ ދޭތެރޭ ނުހަނު ރައްކާތެރިވާ ކަމެކެވެ. ސްނެޕްޗެޓްގެ ސްޓްރީކް ކޮންމެ ހާލަކުންވެސް ކޮންމެދުވަހަކު ކުރަން ޖެހޭނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން 329 ޓަނުގެ ކާގޯ ހޭންޑަލްކޮށް ރެކޯޑު ހަދައިފިއެވެ.

އެމްއޭސީއެލްއިން ބުނީ ކޮންމެ އަހަރަކުވެސް ބޭރުގެ ފިނި މޫސުމާ ދިމާކޮށް އިމްޕޯޓްކުރާ ކާގޯ ވަރަށް ބޮޑަށް އިތުރުވަމުންދާ ކަަމަށާއި އޭގެ ސަބަބުން ކާގޯގެ ހިދުމަތް ކުރިން ދޭވަރަށްވުރެ ކަސްޓަމަރުންނަށް އިތުރަށް ހިދުމަތްދޭން ޖެހޭ ކަމަށެވެ. އެގޮތުން އާންމުކޮށް އެތެރެކުރާ ޕެރިޝަބަލް ނުވަތަ އަވަހަށް ހަލާކުވާ ކާގޯގެ އަދަދު 80 ޕަސެންޓްއަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ ކާގޯއަށް އެންމެ ބޮޑަށް ބާރުބޮޑުވަނީ ހޮނިހިރު އާދިއްތަ އަންގާރަ އަދި ބުދަ ދުވަސްކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ކާގޯއަށް ބާރު ބޮޑުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އެދުވަހު 329 ޓަނުގެ ކާގޯ ހެނޑެލްކުރިކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ ކާގޯއަށް ބާރުބޮޑުވާ ދުވަސްވަރު ކަސްޓަމަރުންނަށް ކާގޯ ކްލިއާކޮށްގެން ގެންދެވޭ ވަަރަށްވުރެ އިތުރުވެގެން ދިޔަ ކަމަށާއި އޭގެ ސަބަބުން ކާގޯ އިމްޕޯޓް ގުދަން ފުރި އިތުރު މުދާ ގުދަނަށް ބޭލުމާއި ހަވާލުކުރުން ލަސްވެގެން ދިޔަކަމަށެވެ. އެހެންކަމުން ކަސްޓަމަރުން ވީހާވެސް އަވަހަސް ކާގޯ ކްލިއާ ކޮށްގެން ގެންދިއުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!