ޚަބަރު

ރައީސަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

. ، ދެން އޮންލައިން
ރައީސަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި މީހާ

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ފޭސްބުކްގައި "މަސީހް މޫސާ" ނަމަކަށް ކިޔާ އައިޑީ އަކުން ކުރި ޕޯސްޓެއްގަ އެވެ.

އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުނަށް މަރުގެ އަދަބު ކަނޑައެޅުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރަން އިދާރާތަކަށް ރައީސް އެންގެވުމުން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ (25) ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެެވެ.

Ads by Ooredoo