ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރު ކޮށްފިއެވެ.

Ads by STELCO

އެކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 14 އަހަރުގެ ފިރެހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 50 އަހަރުގެ ދެ ބިދޭސީ ފިރެހެނުން ހައްޔަރުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެދެމީހުން ބަންދުގައި ބެހެއްޓުމަށް މިމަހުގެ އެއްވަނަ ދުވަހު ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިދުވަސްކޮޅު ވަރަށް ގިނައިން ދަނީ ފެންމަތިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!