ޚަބަރު

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދިވެހި ފިރެހެނަކު ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

މީީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މިމަހުގެ 1 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 46 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަން އެނގިހުރެ ކަމާއި ބެހޭ ފަރާތްތަކަށް ނާންގާ އިހްމާލުވިކަމުގެ ތުހުމަތުގައި 49 އަހަރުގެ ކުއްޖާގެ މަންމަ ވެސ ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ކުއްޖާގެ މަންމަގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާދީފައެވެ. މީގެއިތުރުން، ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ މައްސަލަ ބަލައި ނިމެންދެން ބަންދުގައި ބެހެއްޓުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!