ޚަބަރު

ހުޅުމާލޭގައި ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 21:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މަރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންނަށް ހަމަލާދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު" ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!