ޚަބަރު

ރާއްޖެއިން ޗައިނާއަށް އެއް މިލިއަން މަސްދަޅު ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ހަދިޔާކުރަން ނިންމައި، ރަމްޒީ ގޮތުން މި ހަދިޔާ ހަވާލުކޮށްފި އެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުމަކީ ޗައިނާގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމަށް ދިމާވެފައިވާ ހާލަތުގައި، ދިވެހި ރައްޔިތުން ޗައިނާ ރައްޔިތުންނާއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ.

ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާ ރައްޔިތުން ތިބީ ޗައިނާ ސަރުކާރާ ރައްޔިތުންނާއިއެކުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިދަނޑިވަޅުގައި ޗައިނާގައި ތިބި ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން، ދިވެހި ސަރުކާރުން ފާހަގަކޮށް، އެކަން ބަލައިގަންނަ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް މުޅި ޗައިނާ އަށް ފެތުރި އެކި ގައުމުތަކުން ވެސް މިހާރު ދަނީ އެ ވައިރަސް ހުރި މީހުން ފެންނަމުންނެވެ. މި ވައިރަސް އެރި މީހުންގެ އަދަދު 20,697 އަށް އަރާފައި ވާއިރު 427 މީހަކު ވަނީ މަރުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!