މުނިފޫހިފިލުވުން

"ބާގީ 3" އަންނަ މަހު 6 ގައި ރިލީޒް ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ކުޅަދާނަ އަދި ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ހޯދާފައިވާ ދެތަރިން ކަމަށްވާ ޓައިގަރ ޝްރޮފް އަދި ޝްރަދާ ކަޕޫރް ލީޑް ރޯލުން ފެނިގެންދާ ފިލްމު " ބާގީ 3" އަންނަ މާރޗް މަހު 6 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ބާގީ 3" ގެ ޓްރެއިލާ މި މަހުގެ 6 ގައި ދައްކައިލުމަށް ފިލްމުގެ ޓީމުން ވަނީ ނިންމާފައެވެ.

މި ފިލްމަކީ "ބާގީ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. މަޝްހޫރު ޑައިރެކްޓަރ އަހްމަދު ހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ، ސާޖިދު ނަދިއަދުވާލާއެވެ.

"ބާގީ 3" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކް، އަންކިތާ ލޯކަންދޭ އަދި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ހިމެނެއެވެ.

"ބާގީ 2" ގެ ލީޑް ރޯލުން ފެނިފައިވަނީ ޓައިގަރ ޝްރޮފް އަދި ދިޝާ ޕަޓާނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!