ދުނިޔެ

ޗައިނާ އަންހެނަކު ކޮރޯނާ ވައިރަސް ޖެހިފައި ކަމަށްބުނެ ރޭޕް ކުރަން އުޅުނު މީހާ ބިރުގަންނަވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި އަންހެނަކު ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށްބުނެ އޭނާއަށް ޖީންސީ ގޯނާ ކުރަން އައި ފިރިހެނަކު ބިރުގަންނަވާލައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ހުކުރު ދުވަހުގެ ރޭ ޒިއާއޯ ނަމަކަށް ކިޔާ 25 އަހަރުގެ ފިރިހެނަކު ވުހާން ކައިރީގައި އޮންނަ ޖިންގްޝަން ސިޓީގައި އެކަނި އުޅެމުންދިޔަ ޔީ ކިޔާ އަންހެނެއްގެ ގެޔަށް ސިއްރުން ވަދެ، އޭނާ ރޭޕް ކުރަން އުޅުމުން ކެއްސާ ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށްބުނެ ފިރިހެން މީހާ ބިރުގަންނަވާލިއެވެ.

އެއަންހެން މީހާގެ ގެޔަށް ވަން ޒީއާއޯ ނަމަކަށް ކިޔާ މީހާ ބިރުން އަންހެން މީހާ ރޭޕް ނުކޮށް ފިލިނަމަވެސް، އެމީހާ ވަނީ އެގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައެވެ.

ޗައިނާގެ ވުހާން ސިޓީއިން ތިން ގަޑިއިރު ތެރޭގައި ދެވޭ ޖިންގްޝަންގައި އެ ހާދިސާ ހިނގި ކަން މިދިޔަ ހޯމަ ދުވަހު އިއުލާން ކޮށްފައިވަނީ ޖިންގްޝަން ޕަބްލިކް ބިއުރޯއިންނެވެ.

އެ އިދާރައިން ބުނެފައިވާ ގޮތުގައި، ޒިއާއޯ އަކީ ގެއިން ނިކުމެގެން އަތުގައި ފައިސާއެއް ނެތިގެން އެ އަންހެން މީހާގެ ގެޔަށް ވައްކަން ކުރަން ވަން މީހެކެވެ. ނަމަވެސް އެ އަންހެން މީހާ ފެނުމުން އޭނާ ރޭޕް ކުރަން އެ ފިރިހެން މީހާ ބޭނުންވީއެވެ.

ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވެފައެވެ. މި ނުރައްކާތެރި ވައިރަސް ދަނީ ވަރަށް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!