ޚަބަރު

ހިޝާންގެ ބެލުމުގެ ދަށުގައި ހުރި މީހާ ދައުލަަތަށް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނާ އެކު ދިިރިއުޅެމުން ދިޔަ، ހާއްސަ އެހީއަށް ބޭނުންވާ ޒުވާން ފިިރިހެން މީހާ، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފި އެވެ.

Ads by STELCO

19 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިކަން ހިޝާންއަށް ދެވެން ނެތް ކަމަށް 2018 ވަނަ އަހަރު ނިންމާފައިވާތީ އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން، ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ހޮނަރަރީ ޑިސްއޭބިލިޓީ އެމްބަސިޑަރު ކަމާއި ގައުމީ އިނާމް ދިން އިރުވެސް ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާ، ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާތީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވަނީ ގޮވައިލައްވާފަ އެވެ.

އަދި އެ ޒުވާނާ އަދި ވެސް ހުރީ ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށް މަޖިލީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިިހާތަނަށް އެ މީހާއާ މެދު އަމަލުކޮށްފައިވަނީ އުމުރުން 18 އަހަރުވެފައިވާ ބޮޑެތި މީހުންނާ މެދު ވެސް އަމަލު ކުރަމުން ދިޔަ އުސޫލުން ކަމަށާއި އަދި އެމީހާ ހިޝާންއާއެކު ދިރިއުޅެމުން ދަނީ ވެސް އޭނާގެ އާއިލާގެ ރުހުމާއެކު، އަމިއްލަ އިހްތިޔާރުގައި ކަމަށް ބުންޏެވެ.

އެކަމަކު މި މަހުގެ ތެރޭގައި ހިޝާންއާ ގުޅޭ ސީރިއަސް މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ފަށާފައިވާތީ، އެ މިހާގެ ވަށައިގެންވާ ކަންކަމާއި އޭނާގެ ހާލަތާ ގުޅޭގޮތުން މިނިސްޓްރީން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލައި، އެއީ އަމިއްލައަށް ކަންކަން ނިންމުމުގެ ގާބިލްކަން ލިބިފައިވާ މީހެއްތޯ ޔަގީން ކުރުމަށް ފަންނީ ތަހުލީލުތައް ކުރަމުން ދާ ކަމަށް ޖެންޑާއިން ބުންޏެވެ. އަދި އެކަން ކުރަނީ ފުލުހުންގެ އެހީތެރިކަމާއި ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވެސް އެތަނުން ބުންޏެވެ.

އެތަނުން ބުނިގޮތުގައި ހިޝާންއާ އެކީ ދިރިއުޅެމުން އައި ހާއްސައެހީއަށް ބޭނުންވާ މީހާގެ މައްސަލަ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ 2017 ވަނަ އަހަރުގެ ފަހުކޮޅެވެ. އެއީ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ގާނޫނީ ބެލެނިވެރިކަން ހިޝާންއަށް ދިނުމަށް، އޭނާގެ މަންމަ ފެމެލީ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ މީހާއާ ހިޝާން ދިމާވެފައިވަނީ ވެސް އެ އަހަރުގެ ކުރީކޮޅު ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާއިން ބުނީ އޭރު ފެމެލީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލައާ ގުޅިގެން، އެ މީހާގެ ސިއްހީ އަދި ނަފްސާނީ އެސެސްމެންޓެއް އެތަނުން ހަދާފައި ނުވާ ކަމަށެވެ. އެކަމަކު އޭނާއާ ގުޅޭގޮތުން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުގައި ނިންމާފައިވަނީ "އޭނާ އާ ގުޅޭގޮތުން ލިބިފައިވާ ސިއްހީ އަދި އެހެނިހެން މައުލޫމާތުން، އެއީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ، އެ މީހާއާ މެދު އަމަލު ކުރާނީ 18 އަހަރު ފުރިފައިވާ މީހެއްގެ ގޮތުގައި" އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 2018 ވަނަ އަހަރު، އެ މައްސަލައާ ގުޅޭ އިތުރު ކަންކަން ފެންމަތިވެފައިވާ ކަމަށާއި އެކަމަކު އެކަން މިނިސްޓްރީން މުރާޖައާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ކޮންމެ ބޮޑު ދިވެއްސަކަށް ލިބިދޭ، އެ މީހެއްގެ އަމިއްލައަށް ކަންކަން ނިންމުމާއި އެ ފަދަ އެންމެހާ ހައްގުތަށް މިއަދާ ހަމައަށް އޭނާއަށް ލިބިދީފައި އޮތް ކަމަށް ބުންޏެވެ. އަދި މިއަދާ ހަމައަށް ވެސް ހިޝާންގެ އެޕާޓްމެންޓުގައި އޭނާ އުޅެމުން އަންނަނީ، އޭނާގެ މަންމަ އާއި އާއިލާގެ ރުހުމާއެކު، އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މި ފަދަ މައްސަލަތަކުގައި، ހާއްސަ ރައްކާތެރިކަމާއި އަޅާލުމަށް ބޭނުންވާ ފަރާތްތަކުގެ ހައްގަކަށް އުނިކަން ލިބޭކަން ފާހަގަ ކުރެވިއްޖެ ނަމަ، އެކަންނ އަލުން މުރާޖައާކޮށް ލަސްނުކޮށް ފިޔަވަޅު އެޅުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!