ޚަބަރު

ޖިންސީ ގޯނާ އަކީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނަށާއި އެހީއަށް ބޭނުންވާ ފަރާތަކަށް ޖިންސީ އަނިޔާކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް ކަމަށް ރައްޔިތުން މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޣައްސާން ވިދާޅުވީ ކުޑަކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ދޭ އަދަބުތައް އިތުރުކޮށް ހަރުކަށިކުރަންޖެހޭ ކަމަށާއި މިކަމުގައި މުޖުތަމަޢުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންވެއްޖެ ކަމަމަށެވެ. އެގޮތުން އެމީހުންގެ މައްސަލަތައް ފެންމަތިކުރުން އަވަސްކުރަންޖެހޭ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ.

އޭގެ އިތުރަށް ޣައްސާނު ވިދާޅުވީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގައި މިބާވަތުގެ 360 މައްސަލައެއްގައި ދަޢުވާކުރެވިފައިވާ ކަމަށެވެ. އަދި އެހުރިހާ މައްސަލަތަކެއްގެ ތެރެއިން ޝަރީޢަތަށް ސާބިތުކުރެވިފައިވަނީ އެންމެ ނުވަ މައްސަލަ ކަމުގައިވެސް ޣައްސާނު ފާހަގަކުރެއްވިއެވެ. އެފަދައިން ގިނަ މައްސަލަތަކެއް ސާބިތުވެފައިނުވަނީ ހެކި ނެތުމުން ކަމުަގއިވެސް ޣައްސާން ފާހަގަކުރެއްވިއެވެ.

މިފަދަ ޢަމަލުތައް ކުރާ މީހުން ހިމާޔަތްކުރުން ހުއްޓައިލުމަސް ގޮވާލަމުން ޣައްސާން ވިދާޅުވީ މިކަަމަކީ ލަދުވެތި ކަމެއް ކަމުގައާއި، އެންމެން ހިތާމަކުރާ ކަމެއް ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. އަދި މިފަދަ ކޮންމެ ވާހަކައެއް އަޑު އިވޭ ދަނޑިވަޅުގައި ޤައުމުގެ އެންމެން އަޅާ ކަރުނަތައް ޢަމަލަށް ބަދަލުކުރަންޖެހޭ ކަމުގައި ޣައްސާނު ވިދާޅުވިއެވެ.

އެގޮތުން ޤާނޫނުތައް ހަރުދަނާކޮށް، އެކަމަށް ފާރަވެރިވުމަށް ހުރި އުޞޫލުތައް މުރާޖަޢާކުރަން ޖެހިފައިވާ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް އޮތް އަދަބުތައް ހަރުކަށި ކުރަންވެއްޖެ ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!