ޚަބަރު

ފެއިލްވީ ޝިދާތާ އެކަންޏެއް ނޫން، މުޅި ސަރުކާރު: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި ފެއިލްވީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ނޫން ކަމަށާއި އެއީ މުޅި ދައުލަތުގެ ފެއިލް ވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވާ އިދިކޮޅު މެންބަރުން ވަނީ މި މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ "ހިތާނުވާ" ވަޒީރަކަށް ރުހުން ދިނީވެސް މި މަޖިލިސް ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތައް ހިނގަމުންދާއިރު ދައުލަތުގެ އެހެން މުއައްސަސާތަކުން އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އިހުމާލު ވާނީ ކުއްޖެއްގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.

"ހިތާ ނުވާ ބަޔަކަށް ރުހުން ދިނީވެސް މި މަޖިލީހުން. ހިތާ ނުވާ ވަޒީރަކަށް އެ ވަޒީރުގެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން މިއަދު އެކަމަނާގެ އިސްތިއުފާއަށް ގޮވާ ހައްދަވާ ބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!