Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ބިދޭސީއެއްގެ މައްސަލަ ބަލަނީ

މަތި ދެކުނުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރަން ބިދޭސީއަކު އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން ބިދޭސީ ފިރިހެނަކު އުޅުނު ކަމުގެ ރިޕޯޓެއް މިއަދު މެންދުރު 14:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެން މީހާ އަކީ ގަވާއިދާ ހިލާފަށް އެ ރަށުގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާގެ އެއްވެސް ޑޮކިއުމެންޓެއް ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް