ޚަބަރު

އެމްބެސެޑާ އެޓް ލާޖްގެ މަގާމަަށް ސަލީމް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް، މ.މާހުރާ، އަޙްމަދު ސަލީމް މިއަދު އައްޔަންކުރައްވައިފިއެވެ.

Ads by Hajj Corporation

އަހުމަދު ސަލީމަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް، އަޙްމަދު ސަލީމް މިއަދު ޢައްޔަން ކުރެއްވިއިރު އަޙްމަދު ސަލީމް ކުރިން ހުންނެވީ ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އަޙްމަދު ސަލީމް ހާރިޖީ ދާއިރާއާ 1968 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު ހާރިޖީ ދާއިރާގެ ގިނަ މަގާމުތަކެއްގައި ހިދުމަތްކުރައްވާފައި ވެއެވެ. އަޙްމަދު ސަލީމް ހާރިޖީ ދާއިރާގައި ގާތްގަޑަކަށް 21 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގައި ހުންނަ ރާއްޖޭގެ ޕާރމަނަންޓް މިޝަންގައާއި ސްރީލަންކާގެ ހައިކޮމިޝަނުގައި މަސައްކަތްކުރައްވާފައިވެއެވެ.

އަދި އދ. އާއި ކޮމަންވެލްތުގެ މަތީ ފަންތީގެ ބައްދަލުވުންތަކާއި އޯއައިސީ އާއި ސާކްފަދަ ޖަމާޢަތްތަކުގެ ބައްދަލުވުންތަކުގައި ވެސް އަޙްމަދު ސަލީމް ވަނީ ބައިވެރިވެ ވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާފައިވެއެވެ. މީގެ އިތުރުން 2012 އިން 2014 އަށް ސާކްގެ 11 ވަނަ ސެކެޓްރީ ޖެނެރަލްގެ މަޤާމުވެސް އަޙްމަދު ސަލީމް ފުރުއްވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!