ލޮނު ޒިޔާރަތް މަގުގައި ހުރި ގަރާޖެއްގައި ރޯވެއްޖެ

ލޮނު ޒިޔާރަތް މަގުގައި ހުރި ގަރާޖެއްގައި ރޯވެއްޖެއެވެ.
އެ ގަރާޖުގައި ރޯވި އަލިފާންގަނޑު އެ ސަރަހައްދުގައި ތިބި އާއްމުންނާއި ފުލުހުންގެ އެހީތެރިކަމާ އެކު ވަނީ ނިއްވައިލައިފައެވެ.

ދެން އިމޭޖްސް
މިސަރަހައްދުގައި މިހާރު އެމްްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދިވެސް ގަރާޖުން ކޮންމެ ވެސް ވަރަކަށް ދުން އަރަމުންދާއިރު، ތަނަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރުދަނީ ކުރަމުންނެވެ.