ޚަބަރު

ރާއްޖޭގެ ސަލާމަތަށް ގޮންޖަހާލުމުގެ ފުރުސަތެއް ނުދޭނަން: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ސަލާމަތަށް ގޮންޖަހާލުމުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޭ ހުޅުމާލޭގައި ޗައިނާ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަން އިއުލާންކޮށް އާންމުކޮށްފައިވާ ވީޑިއޯއެއް މިރޭ ވަނީ ނެރެފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު މާތްﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދޭނަން" އިމްރާން ވިދާޅުވިއެވެ.

އާންމު ކުރި ވީޑިއޯގައި މޫނު ފޮރުވައިގެން ތިބި ތިން މީހަކު ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މި ވީޑިޔޯއާ ގުޅިގެން ފުލުހުން ބުނީ އޭގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!