ޚަބަރު

ޝިދާތާ އިސްތިއުފާ ދެއްވަން ނިންމަވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

Ads by Sosun Fihaara

ޝިދާތާ އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ޝިދާތާ މިއަދު ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ މުއައްޒަފުންނާއެކު މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާ އިސްތިއުފާ ދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިޝާންގެ މައްސަލައިގައި މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސްގައި ވެސް އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވަނީ ޝިދާތާ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އަދި އިސްތިއުފާ ނުދީފި ނަމަ، މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނެ ކަމަށް ވެސް ބައެއް މެންބަރުން އިއްޔެ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!