ޚަބަރު

ޝިދާތާ އިސްތިއުފާ ދެއްވުމުން ޖެންޑާ މިނިސްޓަރު ކަން އައިޝާ އަށް

ދެން އެމްވީ ، ދެން އޮންލައިން

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެކަން ދެންމެ އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކުރެއްވި ޓްވީޓެއްގަ އެވެ.

Ads by Sosun Fihaara

ރައީސްގެ ޓްވީޓްގައި ވަނީ އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އައިޝާ ޖެންޑާ މިނިސްޓަރުކަން ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ކުރިން ޔުނިސެފްގައި ވެސް މަސައްކަތް ކުރެއްވި އައިޝާ، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ހިސާބަށް ވަޒީފާ އަދާކުރެއްވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޭރު ގައުމަކަށް ކަނޑައެޅުއްވި އެންމެ ފުރަތަމަ ސަފީރަކީ އާއިޝާ ދީދީއެވެ. އަދި އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ އަންހެން ސަފީރެވެ. އޭގެ ކުރިން އާއިޝާ ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ (އެކެޑެމިކް)ގެ މަގާމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!