ޚަބަރު

ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޓެލެގްރާމް ޗެނަލެއްގައި އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ރޭ ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ ސައްހަކަން މިހާރު ބަލަމުން އަންނަ ކަމަށާއި ގުޅުން ހުރި އެހެން އިދާރާތަކާ އެކު ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މި މައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ދެ މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނު 7:50 ހާ އިރު ކުރި ޓްވީޓެއްގައެވެ.

އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހާމަކުރާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައ ހުޅުމާލޭ މަގުމަތިން ދިޔަ އެ ޓޫރިސްޓުންނަށް ހަމަލާދިނީ ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!