ސިއްޙަތު

ކެރެޓު ޖޫސް: ނުބޮއެ ދޫކޮށްލެވޭ ވަރުގެ ޖޫހެއް ނޫން، އެހާ ވެސް ފައިދާހުރި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ތެރެއިން ކެރެޓަކީ އޭގެން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭ ތަރުކާރީ އެކެވެ.

Ads by STELCO

ކެރެޓަކީ އަހަރެމެން އާންމު ގޮތެއްގައި ކެއްކުމުގައި ބޭނުން ކުރާ އެއްޗެކެވެ. ނަމަވެސް ކެރެޓު ޖޫހަކީ ދިވެހިންގެ ތެރޭގައި އެހާ މަގުބޫލު ބުއިމެއް ނޫނެވެ. ކެރެޓު ޖޫހަކީ އެހާމެ ފައިދާހުރި އަދި ތައްޔާރުކޮށްލަން ފަސޭހަ ޖޫހެކެވެ. އަދި އާދަކޮށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.

އެންޓި އެކްސިޑެންޓުން މުއްސަނދިވެފައިވާ ކެރެޓް ޖޫހުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި ހިތުގެ ބަލިތައް ޖެހުން ކުޑަކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން ކެރެޓު ޖޫހަކީ ކޮލެސްޓުރޯލް ލެވެލް ދަށްކޮށްދޭ، ހަށިގަނޑުގައި ހެދޭ ފާރުތައް ފަސޭހަވުން އަވަސް ވެސް ކޮށްދޭ ބުއިމެކެވެ. އަދި ކެންސަރު ޖެހުމުން ރައްކާތެރިކޮށްދީ، ލިވާ ވެސް ސާފުކޮށްދޭ ބުއިމެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކެރެޓު ޖޫހުގައި ހިމެނޭ ފައިބާ، ޕޮޓޭސިއަމް، ނައިޓްރޭޓް އަދި ވިޓަމިން ސީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮއްދެއެވެ.

ހަމައެހެންމެ ގަވާއިދުން ޕީރިއަޑު ނުވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ކެރެޓް ޖޫސް އެހީތެރިވެދެއެވެ. އަދި ކަށްޓާއި މަހުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ވެސް ކެރެޓު ޖޫހަކީ ވަރަށް އިސް ދައުރެއް އަދާކުރާ އެއްޗެކެވެ.

ކެރެޓު ޖޫސް ތައްޔާރުކޮށްލަން ބޭނުންވަނީ:

1 ކިލޯ ކެރެޓު (ތޮށި މަށާފައި)

2 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ތައްޔާރު ކުރާނެ ގޮތް:

ކެރެޓު މިކްސަރަށް އެޅުމަށްފަހު ފެން އަޅައި ގިރާށެވެ. ފެންގަނޑުގެ ތެރެއަށް ލުނބޯ ހުތް ކޮޅު އަޅަން ހަނދާން ބަހައްޓާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ބްލެންޑް ވުމުން، ތަށްޓަކަށް އެޅުމުން ޖޫސް ތައްޔާރުވީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!