Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަތުރުވެރިޔާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭތީ: ފުލުހުން

ކ.މާފުށިން މިއަދު އަންހެން ފަތުރުވެރިއަކު ހައްޔަރުކުރީ މަސްތުގެ ހާލަތުގައި އޭނާ ހުރި ކަމަށް ބެލެވޭތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ މާފުށި މަގުމަތީގައި މަސްތުގެ ހާލަތުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާ ކަމުގެ ޝަކުވާ މިއަދު ހަވީރު 5:48 ހާއިރު ލިބިފައިވާ ކަމަށެވެ.

އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ. އޭނާ ވަނީ މިރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި" އިޒްމިއާ ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވީ ފިރިހެން ފުލުހުން ކަމަށްވާއިިރު އިޒްމިއާ ވިދާޅުވީ މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހުން ނެތް ކަމަށެވެ. އަދި މިފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މި ހާދިސާ ހިނގާދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް