ޚަބަރު

ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުން ރައްޔިތުން ނިކުމެ ދޮން ބައްޕަ އަށް ހަމަލާދީފި

ދެން އެމްވީ ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި އުމުރުން 19 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕަގެ ގެ ކައިރިއަށް މީހުން އެއްވެ އޭނާ އަށް ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ އުމުރުން 19 އަހަރުގެ އަންހެނަކަށް ބިރުދައްކައިގެން އެކި ދުވަސްމަތިން އޭނާގެ ދޮން ބައްޕަ ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމަށެވެ.

އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މިރޭ 7:30 ހާއިރު އެ އަންހެން މީހާގެ ދޮންބައްޕަ ދިރިއުޅެމުން އައި ގެ ކައިރިއަށް މީހުން އެއްވެ ހަމަލާދިނުމުގެ ސަބަބުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރުދީ ހަމަލާދިން މައްސަަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!