ޚަބަރު

ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި މިއަދު ދިވެހި ދިދަ ނަގައިފިއެވެ.

Ads by Hajj Corporation

ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގަ އެވެ. ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ހެޑްކުއާޓަރުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ނަގާދެއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި ކޮމަވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އަރުވާނެއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެމްބަރު އެހެން ޤައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވެފައިވަނީ 1 ފެބްރުއަރީ 2020 ގައެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ވައުދުފުޅެކެވެ.

އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމްތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަންއެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.

މިނިސްޓަރ ޝާހިދު ލަންޑަށް ކުރައްވާ މިދަތުރުފުޅަށްފަހު ކޮމަންވެލްތުގައި ރާއްޖެއިން ހަރަކާތްތެރި ރޯލެއް އަދާކޮށް، އެޖަމްއިއްޔާގެ އެކިއެކި ސަބްސިޑަރީ ގުނަވަންތަކުގައި ބައިވެރިވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!