ޚަބަރު

އަންހެން ކުއްޖެއްގެ ގަޔަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި އަންހެން ކުއްޖެއްގެ ގަޔަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން ބުނީ މާލޭ މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ހިނގާފައިދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް މިއަދު މެންދުރު 13:59 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!