މުނިފޫހިފިލުވުން

"މެޓް ގާލާ"ގައި ކިމް ލައިގެން ހުރި ހެދުން ފެނިފައި ކަރީނާ ވެސް ހައިރާންވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންސްޓަގްރާމާއި މީސް މީޑިއާގެ އެހެނިހެން މަންސަތަކުން ވެސް އެންމެ ގިނައިން މިއަދު ފެންނަމުން ދަނީ ނިއު ޔޯކްގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި އިއްޔެ ބޭއްވި "މެޓް ގާލާ"ގައި ފަންނާނުން ލައިގެން ދިޔަ ތަފާތު ހެދުންތަކުގެ ފޮޓޯތަކުންނެވެ.

Ads by STELCO

އެކި ފަންނާނުން ތަފާތު އެކި ކަހަލަ ހެދުން ލައިގެން އެ ޙަފްލާގައި ބައިވެރިވީ އިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ހެދުމަކީ މަޝްހޫރު މީސް މީޑިއާ އިންފްލުއެންސަރ ކިމް ކާޑޭޝިއަންގެ ހެދުމަށެވެ.

ހަމުގެ އެންމެ ސެންޓިމީޓަރެއް ވެސް ފެންނަން ނެތް އެ ހެދުމުން ކިމްގެ ހަމައެކަނި ފެންނަން ހުރީ އޭނާގެ ދިގު އިސްތަށިގަނޑު އެކަންޏެވެ. ކިމް ލައިގެން ހުރީ މޫނު ވެސް ފޮރުވޭ ގޮތަށް ގަޔަށް ބާރު ކަޅު މައްޗަކާއި، ފަޔަށް ބާރު ކަޅު ޓައިޓެކެވެ. ފަހަތުން ބޮޑު ކަޅު ފޮތިގަނޑެެއް ވެސް ބިމުގައި ހޭކޭ ގޮތަށް ފަތުރައިލައިފައި އޮތެވެ.

ކިމްގެ އެ ހެދުން ފެނިފައި ގިނަ ބަޔަކު ފާޑު ކިޔާފައިވާ އިރު، އެ ހެދުން ފެނިގެން ހައިރާންވީ މީހުންގެ ލިސްޓުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން ވެސް ހިމެނެއެވެ.

ކަރީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ކިމްއާއި ހަމަ އެގޮތަށް ހެދުން ލައިގެން ހުރި ޑިޒައިނަރ ޑެމްނާ ވަސާލިއާގެ ފޮޓޯއެއް އޭނާގެ ސްޓޯރީއަށް ލައިފައި "މިއީ ކިހިނެއްވާ ކަމެއްތޯ" ސުވާލުކޮށް ކްރިންޖް އިމޯޖީއެއް ވެސް ޖަހައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!