ސަރުކާރު

ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލެއްގައި ނީންނާނަން: ޚާރިޖީ ވަޒީރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލްއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާ ޚާރިޖީ ވަޒީރު ޝާހިދުގެ ދައުރު ރާއްޖޭ ގަޑިން މިރޭ 00:00 ގައި ފެށެން ތައްޔާރުވެފައި ވަނިކޮށް، އދ އިން އާންމުކުރި ވީޑިއޯއެއްގައި އެ މަނިކުފާނު ވަނީ ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލްއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ޖިންސުގެ ހަމަހަމަކަން ގާއިމުވާން ޖެހޭ ކަމަށާ އެފަދަ ހަމަހަމަ ކަމެއް ނެތް އެއްވެސް ޕެނަލެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އދ. ގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުން ފެށިގެންދާނެއެވެ.

އެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން ހޮވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!