ޚަބަރު

14 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި ގްރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރުކުރި ކަމަށާއި އޭގެތެރެއިން އެކަކު އިއްޔެ ވަނީ ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.

އެ ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަށް ވަރަށް ސީރިއަސް ގޮތެއްގައި ފުލުހުން އަންނަނީ ބަލަމުންނެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ހާދިސާއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!