ޚަބަރު

މީހުން ގިނަ ވުމުން ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން މިރޭ 8:00 އަށް އިތުރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ގަޑި މިރޭ 8:00 އަށް އިތުރު ކޮށްފިއެވެ.

Ads by MWSC

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕްރައިމަރީގައި ވޯޓުލާން އައި މެމްބަރުން ގިނަވުމުން މިރޭ 8:00 އަ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު، ޕްރައިމަރީގައި 1،146 މީހުން ވާދަކުރެއެވެ. ޕްރައިމަރީ ބާއްވަނީ ޖުމްލަ 62 މަގާމަށް ކަމަށް ޕީޕީއެމުން ބުނެއެވެ.

މި ޕްރައިމަރީގައި ޖުމްލަ 134 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހަތަރު ސިޓީގެ ތެރެއިން ޕްރައިމަރީ އޮންނާނީ ދެ ސިޓީގައެވެ. އެއީ ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައެވެ.

ޕީޕީއެމްގެ ޕްރައިމަރީ ފަށާފައިވާއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވާފައެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީންވެސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 12 ގައެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!