ޚަބަރު

ފުލުހުންގެ އަގު ވައްޓަނީ އިމްރާން އާއި ސީޕީ، އަވަހަށް އިސްތިއުފާ ދީ: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންގެ އަގު ވައްޓާލުމަށްޓަކާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ދެ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

Ads by Hajj Corporation

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިކަމަށް ގޮވާލާފައިމިވަނީ ކ. މާފުށިން އިއްޔެ ހަވީރު ފަތުރުވެރިއަކު ހައްޔަރުކުރުމުގައި އަމަލުކުރި ގޮތުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވަމުން ދިއުމާއި ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ހާލަތެއްގައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކޮށް، އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅި ނަމަވެސް، އެމީހުންނަށް ގޯނާކޮށް ގެއްލުންދީ، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލުތައް ހިންގުމަކީ، ފުލުހުންގެ އަހުލާގީ މިންގަނޑުން ބޭރުން ކުރެވޭ ކަމެއް ކަމަށެވެ.

އަދި ފުލުހުންގެ ކިބައިން މި އަހުލާގީ މިންގަނޑުގެ ބޭރުން އަމަލުކުރުމަށް މިނިސްޓަރު އިމްރާން ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒު ކުރަމުންދަނީ ސީޕީ ހަމީދު ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

"ފުލުހުންގެ އަގު ވައްޓާލުމަށްޓަކާ ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ކުރަމުންދާ ހަޑި މުޑުދާރު އަމަލުތަކާއި، އަދި ފުލުހުންގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ނުކުޅެދިފައިވާތީ، އެ ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ މަގާމުތަކުން ވަގުތުން އިސްތިއުފާ ދެއްވުމަށް މި ކޯލިޝަނުން ގޮވާލަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުންނަށް ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވެ އެމީހުންގެ އަހުލާގީ މިންގަނޑުގެ ތެރޭގަައި މަސައްކަތް ކުރުމަށް އިދިކޮޅުން ވަނީ ފުލުހުންނަށް ވެސް އިލްތިމާސްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!