ޚަބަރު

މާފުށީގައި ހައްޔަރުކުރި ފަތުރުވެރިޔާގެ މައްސަލަ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ކ. މާފުށިން އިއްޔެ އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުން އެކަން ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެެވެ.

އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" ގައި ލިޔެފައި ވަނީ މުސްލިމް މެޖޯރިޓީއެއް އޮންނަ ދިވެހިރާއްޖޭގައި ބިކިނީ ލައިގެން ހޮލިޑޭ ރިސޯޓް ރަށެއްގައި ބޭރަށް ނިކުމެ އުޅުނު އަންހެން ފަތުރުވެރިޔު ގަދަކަމުން ހައްޔަރަން އުޅުމުގެ ތެރޭގައި ޖިންސީ ގޯނާ ކޮށްފައިވާކަމަށެވެ.

"އެ އަންހެން މީހާ ހައްޔަރުކުރި ވަގުތު އޭނާ ގޮވަމުން ދިޔައީ އަހަންނަށް ޖިންސީ ފުރައްސާރަ ނުކޮށް ދޫކޮށްލާ“ ޑެއިލީ މެއިލްގައި ލިޔެފައި ވެއެވެ.

މީގެ އިތުރުން އިނގިރޭސި ގިނަ މިޑިއާތަކެއްގައި މި ހަބަރު ވަނީ ގެނެސްދީފައެވެ.

މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރަ މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ އަންހެން ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުން މާފަށް އެދޭ ކަމަށާއި މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވި އެ ފަތުރުވެރިތާ މާފުށި މަގުމަތީގައި އުޅުނީ މަސްތުގެ ހާލަތުގައި ނިވާކަން ކުޑަކޮށް ކަމަށާއި އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ. އޭނާ ވަނީ މިރޭ 19:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި" އިޒްމިއާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!