މަސްދަތުރު ދާން ބޭނުން ނަމަ، މަސްދަތުރު ޑޮޓް ކޮމް!
މަސްދަތުރެއް ދާން ބޭނުންވާ ކޮންމެ ފަހަރަކު އެ ދަތުރަކަށް އެކަށޭނަ އުޅަނދެއް ހޯދުމަށް ބަނދަރުމަތީ ހިނގުމަކީ ފަސޭހަކަމެއް ނޫނެވެ.
އަދި ރާވައިލެވޭ ދަތުރަށް ބޭނުންވާ އެންމެ އެކަށޭނަ ޚިދުމަތްތައް ލިބެންހުރީ ކޮން އުޅަނދެއްގައިތޯ ބެލުމަށް އުޅަނދުތަކަށް އަރައި އެކަންކަން އޮޅުން ފިލުވުމަކީ ވަރަށް ބޮޑު ތަކްލީފެކެވެ. މިހާރު މި އުޅެމުންދާ ބިޒީ ލައިފްގައި އެއީ އެކަން ކުރެވޭނެ ވެސް ގޮތެއް ނޫނެވެ.
ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމުގެ ތެރެއަށް ލިބިގެންދިޔަ ފަސޭހަކަމުގެ ތެރެއިން މިކަން ވެސް މިވަނީ ފަސޭހަ ވެގެން ގޮސްފައެވެ. މަސްދަތުރު ޑޮޓްކޮމްއަށް ޒިޔާރަތް ކޮށްލަމާ ހިނގާށެވެ.
އެންމެ އެކަށޭނަ ގޮތެއްގައި މަސްދަތުރު ހަމަޖައްސައިލުމަށް މިހާރު އަތުގައި އޮތް މޯބައިލް ފޯނު ވެސް ފުދެއެވެ.
މި ވެބްސައިޓްގެ ކެޓަގަރީ ސެލެކްޓް ބޮކްސްއަށް ފިތައިލުމަށް ފަހު ތިޔަ ރާވާ ދަތުރަކަށް އެންމެ އެކަށޭނަ އުޅަނދު ސެލެކްޓް ކޮށްލާށެވެ. ދޯނިވިޔަސް ލޯންޗު ވިޔަސް އެންމެ ރަނގަޅެވެ. އަދި އެ އުޅަނދެއްގެ ތަފްސީލީ މަޢުލޫމާތު ބަލައިލާށެވެ. ލިބެނީ އަދި ނުލިބެނީ ކޮން ޚިދުމަތެއްތޯ ވެސް ބަލައިލާށެވެ. އުޅަނދުގެ ދުވެލި ހުންނަވަރާ އިންޖީނު ހުރި ވަރާ، ކަންވާރާ ބުޅި އަދި އެން މަސް ދޭތޯ ވެސް ބަލައި ލެވޭނެއެވެ. އުޅަނދުގެ ފޮޓޯ ވެސް މެއެވެ. ބޭނުން ނަމަ އުޅަނދުގެ އިސްފަރާތަކާ ގުޅައިލާން ބޭނުންވާ ފޯން ނަމްބަރު ނުވަތަ ނަމްބަރުތައް ވެސް އެ ހުރީ ފެންނާށެވެ.
ބޭނުން ނަމަ ކުރިޔާލައި މަސްދަތުރު ރާވާލަންވީއެވެ. ދަތުރު ރާވައިލާ ދުވަހުގެ ލަފާކުރެވޭ މޫސުން ވެސް މި ވެބްސައިޓްގެ މޫސުން ބެލުމަށް ހާއްސަ ކުރެވިފައިވާ އައިކަންއަށް ފިތައިލުމުން އެ ހުރީ ފެންނާށެވެ.
މަސްދަތުރު ރާވަނީ ކޮން ނަކަތެއްގެ ކޮން ދުވަހެއްތޯއާއި އަދި ކޮންކަހަލަ ނަކަތެއްތޯ ވެސް ނަކަތް ޖަހައިފައިވާ ބަޓަންއަށް ފިތައިލުމުން ފެންނާނެއެވެ. މަސްދަތުރު ދިއުމަށް ބޭނުންވާ ދުވަހުގެ އެންމެ އެކަށޭނަ ދިޔަވަރު ލިބެނީ ކޮން ވަގުތެއްގައިތޯ ވެސް ބޭނުން ނަމަ ހަމަ ބަލައިލަންވީއެވެ.
މަސްދަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކުން އެ ފަރާތެއްގެ އުޅަނދު، މި ވެބްސައިޓަށް ވަދެ ހިލޭ ރަޖިސްޓަރީ ކޮށްލަންވީއެވެ. އަދި އެ ބަޔަކަށް މަސްވެރިކަމަށް ރަނގަޅު ޕޮއިންޓްތައް ވެސް އެޑް ކުރުމަށް ރިކުއެސްޓް ކޮށްލުމުން އެކަން ވެސް ހަމަޖެހިގެން ދާނެއެވެ. މިވަގުތު މި ވެބްސައިޓް މެދުވެރިކޮށް މާލޭ ސަރަހައްދުގެ މަޝްހޫރު ގިނަ ފިޝިން ޕޮއިންޓްސް ވެސް ފެންނަން ހުރެއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގެ އުޅަނދެއް ވެސް މި ވެބްސައިޓްގައި ރަޖިސްޓަރީކޮށް އެ ސަރަހައްދެއްގެ މަސްވެރިކަމަށް ރަނގަޅު ޕޮއިންޓްތައް އެޑްކޮށްލަންވީއެވެ. އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ.
މި ވެބްސައިޓަކީ މަސްދަތުރު ދާން ބޭނުންވާ ފަރާތްތަކަށާއި އަދި އުޅަނދުތަކުގެ ވެރިންނަށް ވެސް ވަރަށް ފައިދާ ބޮޑު ބޭނުންތެރި ޚިދުމަތެކެވެ. އުޅަނދުތަކުގެ ވެރިންނާއި ދަތުރުވެރިން ގާތް ކޮށްދޭ ޚިދުމަތެކެވެ. މި ވެބްސައިޓަށް ވަދެ އެއްވެސް ކަމެއް އޮޅުން އަރާ ނަމަ ވެބްސައިޓްގައި ދީފައިވާ ހޮޓްލައިން ނަމްބަރަށް ގުޅައިލުމުން އެކަމުގެ އެހީތެރިކަން ވެސް ލިބިގެންދާނެއެވެ.
ވީމާ އާއިލާއާ އެކު ނުވަތަ ރަހުމަތްތެރިންނާ އެކު ނުވަތަ އޮފީސް ކުދިންނާ އެކު މަސްދަތުރެއް ރާވައިލައި އެކަމަށް އެކަށޭނަ އުޅަނދެއް ހޯދުމަށާއި، މަސްވެރިކަން ރަނގަޅު ހިސާބުތަކަށް ދަތުރު ކޮށްލުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސްދަތުރު ޑޮޓް ކޮމް ހިޔާރު ކޮށްލަމާ ހިނގާށެވެ.