ޚަބަރު

ތިން މިލިއަން ރުފިޔާ އާއި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ތިން މިލިއަނަށްވުރެ ގިނަ ފައިސާ އަތުލައިގެންފިއެވެ.

Ads by STELCO

ފުލުހުން ބުނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ހޯދާ މީހުން ހޯދަން މިދިޔަ މަހު 31 އަދި އިއްޔެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެެ.

މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި ފަސް ގެއެއް ބަލައި ފާސްކުރިއިރު އިއްޔެ ހަތަރު ގެޔަކާއި ސައިކަލެއް ބަލާ ފާސްކުރިއެެވެ. އެ ދެ އޮޕަރޭޝަންއިންވެސް މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވެއެެވެ.

އެ އޮޕަރޭޝަންގައި އަށް ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ތެރޭގައި 25 އަހަރުގެ ތިން ފިރިހެނުންނާއި 23،24 އަދި 25 އަހަރުންގެ ތިން ފިރިހެނުންނާއި 37 އަހަރާއި 50 އަހަރުގެ ފިރިހެނެއް ހިމެނެއެވެ.

އެ އޮޕަރޭޝަންގައި 1،522،785 ރުފިޔާއާއި 173،831 ޔޫއެސް ޑޮލަރުވެސް ވަނީ އަތުލައިގެންފައެެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މިހާރު އިތުރަށް ދަނީ ތަހުގީގްކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!