ޚަބަރު

ޕީޕީއެމް ޓިކެޓުގައި ކ. އަތޮޅުގެ ރައީސް ކަމަށް ނިމާލް

ދެން އެމްވީ ، ދެން އޮންލައިން

ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށް ޕީޕީއެމްގެ ޓިކެޓު ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ކާމިޔާބު ކުރައްވައިފިއެވެ.

ޕީޕީއެމުން މިއަދު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނޭ ފަރާތްތައް އިންތިހާބު ކުރުމަށް އެތެރޭގެ ޕްރައިމަރީއެއް ބާއްވާފައެވެ.

އެގޮތުން ޕްރައިމަރީގެ ނަތީޖާތައް ދައްކާގޮތުން ނިމާލު ވަނީ ކ. އަތޮޅުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން 42 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މި އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން 1100 މީހަކު ކުރިިމަތިލާފައިވާ ކަމަށް ކުރިން އެ ޕާޓީން ބުނެފައިވެ އެވެ.

އެގޮތުން އަތޮޅު ކައުންސިލާއި ދެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް ޖުމްލަ 134 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު ޕްރައިމަރީއެެއް ބާއްވަން ޖެހޭ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ މާލެ އާއި އައްްޑޫ ސިޓީ ކައުންސިލަށް ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ނޯންނާނެ ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!