ޚަބަރު

ޕީޕީއެމް ޕްރައިމަރީ: ފަޒާދުގެ އެނބުރި އައުން ފުވައްމުލަކުން ބަލައެއް ނުގަތް

ދެން އެމްވީ ، ދެން އޮންލައިން

ފުވައްމުލަކު މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީ އަލީ ފަޒާދު ބަލިކޮށް ތޯރިގު އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ.

Ads by MWSC

އިއްޔެ ބޭއްވި ޕީޕީއެމް ޕްރައިމަރީގައި އަލީ ފަޒާދަށް ލިބުނީ، 634 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ތޯރިގު އަހުމަދަށް ލިބިލެއްވީ 892 ވޯޓެވެ.

ފުވައްމުލަކުގެ ހަ އަވަށުގައި ބެހެއްޓި ވޯޓު ފޮށިތަކުން ފުނާޑް އާއި މާލެގަން ފިޔަވައި އަނެއް ހަތަރު އަވަށުގެ އަޣުލަބިއްޔަތު ނަގާފައިވަނީ ތޯރިގު އެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ އަޣުލަބިއްޔަތު ލިބުނީ ވެސް ތޯރިގު އަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ވެސް އަދާކޮށްފައިވާ ފަޒާދު މީގެ ކުރިން ހުންނެވީ ސަރުކާރަށް ތާއީދު ކުރާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ފަޒާދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!