ޚަބަރު

އަނބިމީހާ އަށް އަނިޔާކޮށް މާރާމާރީ ހިންގި ފިރިޔަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި އަނބިމީހާގައިގަ ތަޅައި މާރާމާރީ ހިންގި ފިރިޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ ރޭ 23:34 ހާއިރު ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި، އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މަރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެ ރަށުގެ ބައެއް ރައްޔިތުންވަނީ ސިއްހީ މަރުކަޒު ދޮށަށް އެއްވެފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ހާލު ސީރިއަށް ނޫންކަމަށާއި، ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ފިރިހެން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެސްފައިކަމަށް ފުލުހުން ބުނެއެވެ. އޭނާއަކީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލް ދޮށަށް އެއްވި މީހުން ފުލުހުން ވާހަކަ ދެއްކުމަށްފަހުވަނީ ރޭ ފޮނުވާލާފައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!