ޚަބަރު

އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

ވެރިކަމުގައި އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީނަށް އެތެރޭންނާ ބޭރުން ކުރިމަތިވި އެތައް ގޮންޖެހުންތަކާ އެކުވެސް ދެއްކެވި ސާބިތުކަމަކީ އެކަމަށް ތައުރީފު ހައްގު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެރިކަމަކީ ބިޔަ ބޮޑު މަސްޢޫލިއްޔަތެއް. ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ. އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން. ބޭރުންނާއި އެންމެން އިދިކޮޅުގައި. އެންމެ ފަހުން މުއައްސަސާތައްވެސް. ދެއްކެވި ސާބިތުކަމަށް ސާބަސް ޙައްޤު." ޔާމީނަށް ތައުރީފު ކުރައްވަމުން ޖަމީލު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ އައްޔަނު ކުރި ނައިބް ރައީސް ޑރ. ޖަމީލަކީ ދާދި ފަހަކާ ޖެހެންދެން އެމަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާއެވެ. އިދިކޮޅު ލީޑަރުން އެކީ އެކަށް ޖަލަށް ލައްވާން ފެއްޓެވުމުން ޖަމީލް ވަނީ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

އޭރު ދެއްކެވި ވާހަކަތަކާއި ވިދާޅުވި ފާޑުކިޔުންތައް އެއްކާރިކޮށްލުމަށް ފަހު ޑރ. ޖަމީލް މިއަދު އަނެއްކާވެސް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން ހުންނެވީ، އެމްޑީޕީގެ ސިޔާސަތަށް ވުރެ އަބަދުވެސް އޭނާއަށް ކައިރީ ޕީޕީއެމްގެ ސިޔާސަތު ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!