ޚަބަރު

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ، މިއަދު ހެނދުނު 9:30 އެހާކަންހާއިރު ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. މަރުވެފައިވަނީ 69 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ގިނައިރުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓުރަކްޓަރު އެމީހާ ޑައިވިން ބޯޓަށް ނެގުމަށްފަހު ސީޕީއާރު އަދި އޮކްސިޖަން ދިނުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!