ޚަބަރު

ޓްރެފިކް ޖޫރިމަނާ ނުދައްކައިފިނަމަ ދައުވާކުރާ ގޮތަށް އިސްލާހު ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ޓްރެފިކް ޖޫރިމަނާތަކުގެ ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

Ads by MWSC

އެއްގަމު ދަތުރުފަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވަނީ ޓްރެފިކް ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް ކުރެވޭ ޖޫރިމަނާއާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކުރަންޖެހެއެވެ.

ޖޫރިމަނާގެ އަދަދުތައް މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށްވުރެ ބާރަށް އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާއިން، ދެވަނަ ފަހަރު 1500 ރުފިޔާއިން ޖޫރިމަނާ ކުރަން އިސްލާހު ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން ގަވައިދާ ހިލާފަށް ބާރަށް ދުއްވައިގެން ހުއްޓުވާ ކޮންމެ ފަހަރު 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި އެ ފަރާތެއް ދުއްވި އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށްވެސް މިއިޞްލާޙުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!