Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ފޮޓޯ އާއި ވީޑިއޯ އާންމު ނުކުރަން އެދެފި

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު އާންމު ނުކުރަން ޖެންޑަ މިނިސްޓްރީންނާއި ފުލުހުން އެދިއްޖެއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައިމިވަނީ މާލޭގައި ކުޑަ ދެ ކުދިން ގެއެއްގެ ބެލްކަނީގައި ތިބެ އުމުރާއި ނުގުޅޭ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއުމާއި ގުޅިގެންނެވެ.

ޖެންޑާ އާއި ފުލުހުންގެ ފަރާތުން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

Advertisement
HDC — Sidebar (box)

"... ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކުރަން." ޖެންޑާގެ ޓްވީޓެއްގައި ވެއެވެ،

މިފަހުން ބައެއް މީހުން ގެންދަނީ ޖިންސީ ގޯނާ ލިބިފައިވާ ބައެއް ކުދިންނާ ވެސް އިންޓަވިއުކޮށް އެފަދަ ކުދިންގެ ވާހަކަތައް ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ވެސް އާންމު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް