ޚަބަރު

ޗައިނާއިން އައި އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، ރާއްޖެ އައި އިތުރު ދިވެއްސަކު ކަރަންޓީނުކޮށްފި އެވެ.

Ads by MWSC

ކޮރޯނާވައިރަސްއާ ގުޅިގެން ޗައިނާއިން އައި ދެ ދިވެއްސަކު، މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ތިން ވަނަ މީހާ ރާއްޖެ އައީ ވެސް ހަމަ އެ ދުވަހު ހަވީރު އެވެ. އަދި އޭނާ ރާއްޖެ އައުމާއެކު ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މީހާ ރާއްޖެ އަށް އައިސްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން އިންނެވެ.

އެމީހާ ކަރަންޓީން ކޮށްފައި ހުރި ނަމަވެސް އެމީހާގެ ގައިން ކޮރޯނާ ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އެމީހާ ކަރަންޓީން ކޮށްފައިވަނީ ޑަބްލިއު އެޗްއޯގެ މިންގަނޑުތަކުގައިވާ ގޮތުގެ މަތިން ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. އެހެންކަމުން އެމީހާވެސް 14 ދުވަހުގެ ކަރަންޓީނެއް ކުރަންޖެހޭނެއެވެ.

މީގެކުރިންވެސް ކޮރޯނާއާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ދެ މީހުން ކަރަންޓީންކޮށް ބަހައްޓާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ކައިރީގައި އޮންނަ ފަރުކޮޅު ފުށީގައެވެ. އިތުރަށް ކަރަންޓީނުގައި ބެހެއްޓި މީހާވެސް ކަރަންޓީނު ކޮށްފައި ބަހައްޓަނީ ހަމަ އެތަނުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!