ޚަބަރު

ގައުމުގެ އާމްދަނީ ދަށަށް ދާއިރު، ސިޔާސީ މަގާމުތައް އިތުރުކުރުން ދެކޮޅު ނުޖެހޭ: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ގައުމުގެ އާމްދަނީ ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު، ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރު ކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަސަރު ކުރާނެތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއާއި ގޭ ކުލި މައްޗަށް ދާއިރު، ސަރުކާރުގެ އޮފީސްތަކުގެ ހިންގުމާއި ސިވިލް ސާވިސް އަށް ލޮޅުން އަރާފައިވާ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުކުރުން ދެކޮޅު ނުޖެހޭ." ސައީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އަޅަން އެންގި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރާނެތީ ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް، ފިނޭންސުން ވަނީ އަންގައިފައެވެ.

ނަމަވެސް ދާދި ފަހުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓަރުގެ ނައިބު ފެންވަރުގެ 13 ވަނަ ބޭފުޅާ އައްޔަން ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!