ދުނިޔެ

ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ލާސް މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ސްވިޑަންގެ ލާސް ވިލްކްސް، ފުލުހުންގެ ހިމާޔަތުގައި ހުއްޓައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި 2007ވަނަ އަހަރުން ފެށިގެން ލާސް ދިރިއުޅެމުން ދިޔައީ ފުލުހުންގެ ހިމާޔަތް ހޯދައިގެންނެވެ.

ލާސް ވަނީ ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް، ކުއްތާއެއްގެ ހަށިގަނޑުގައި އެކަލޭގެފާނުގެ ސިފަފުޅު ކަމަށް ބުނެ 2007ވަނަ އަހަރު ކާޓޫނު ކުރަހައިފައެވެ. އެކަމާ ގުޅިގެން އޭނާއަށް ވަރަށް ގިނަ މަރުގެ އިންޒާރު ލިބުނު ކަމަށް އޭނާ ވަނީ މީގެ ކުރިން ރިޕޯޓުކޮށްފައެވެ. އަލްޤައިދާ ފަދަ ޖަމާޢަތްތަކުން އިންޒާރުތައް ލިބެމުން ދިޔަ ކަމަށް ބުނި ލާސް އޭގެ ފަހުން ބިރުން ދިރިއުޅެމުން ދިޔައީ ފުލުހުންގެ ހިމާޔަތް ހޯދައިގެނެވެ.

ސްވިޑަންގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ލާސް މަރުވިއިރު ވެސް އޭނަގެ ހަށިފާރަވެރިންގެ ގޮތުގައި ކާރުގައި ދެ ފުލުސް އޮފިސަރުން ތިއްބެވެ. މި ހާދިސާގައި ލާސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިބި ފުލުހުންގެ ދެ އޮފިސަރުން ވެސް ވަނީ މަރުވެފައެވެ.

ނަބިއްޔާ (ޞޢވ)އަށް ފުރައްސާރަ ކުރި ލާސް ވިލްކްސް އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން، އިސްލާމްދީނާ ދެކޮޅު ބައެއް މީޑިއާތަކުން އެ ޚަބަރު ގެނެސްފައި ވަނީ، އޭނާ މަރައިލީ ކަމަށެވެ. ނަމަވެސް ސްވިޑަންގެ ފުލުހުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ، އޭނާ މަރުވީ ހިނގި އެކްސިޑެންޓަކުންކަން ޔަގީންކޮށްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!