ޚަބަރު

ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަމަށް ގެނެސް، އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

ކަރެކްޝަންސް އިން މިއަދު ވަނީ ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ޢާއިލާގެ ފަރާތުން ފޯރުކޮށްދިނުމުގެ އުސޫލަށް އަމަލުކުރަން ފަށައި އެ އުޞޫލު ކަރެކްޝަންސްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.

ބަދަލު ގެނެވުނު މި އުޞޫލުގައި ޢާއިލާގެ ފަރާތުން ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް އަންނައުނު ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކޮށްފައިވެއެވެ. މިގޮތުން ޢާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށެވެ.

މިބަދަލަކީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި ކަރެކްޝަންސް އިން އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެެވެ.

ކަރެކްޝަންސް އިން 15 އޮކްޓޯބަރ 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންނެވެ.

އަދި އަލަށް އެކުލަވާލެވުނު އުޞޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތް ކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!