ދުނިޔެ

ސްވިޑެންއާއި ޑެންމާކުގައި ޒުވާނުންނަށް މޮޑާނާ ވެކްސިން ދިނުން މެދުކަނޑައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްވިޑެންއާއި ޑެންމާކުގައި ޒުވާނުންނަށް މޮޑާނާ ވެކްސިން ދިނުން މެދުކަނޑައިލައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ މޮޑާނާ ވެކްސިނުގެ ސަބަބުން ޒުވާނުންގެ ހިތުގެ މައްސަލަތައް ދިމާވަމުންދާކަމުގެ ރިޕޯޓްތަކަކާ އެކު އެ ގައުމުތަކުން މިހާރު ވަނީ މި ވައްތަރުގެ ވެކްސިން ޖެހުން މެދުކަނޑައިލައިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްވިޑަންގެ ހެލްތު އެޖެންސީން އިއްޔެ ބުނެފައިވާ ގޮތުގައި 1991ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް މޮޑާނާ ވެކްސިން ޖެހުން މިހާރު މެދުކަނޑައިލައިފައި ވަނީ މިއުމުރުގެ މީހުންނަށް މިވެކްސިނުގެ ސަބަބުން ހިތުގެ މައްސަލައެއް ކަމުގައިވާ މަޔޮކާޑައިޓިސްއާއި ޕެރިކާޑައިޓިސްގެ މައްސަލަތައް ދިމާވާތީ ކަމަށެވެ.

ޑެންމާކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް މޮޑާނާ ވެކްސިން ނުޖެހުމަށް ނިންމާފައިވާކަމަށް އެގައުމުގެ ހެލްތު އޮތޯރިޓީން ވަނީ ބުނެފައެވެ.

ދާދި ފަހުން ޖަޕާނުގައިވެ ސް ވަނީ މޮޑާނާ ވެކްސިނުގެ 1.63 މިލިއަން ޑޯޒް ތަޣައްޔަރުވުމުގެ ސަބަބުން ބޭނުން ކުރުން، މަނާކޮށްފައެވެ.

ތަޣައްޔަރުވެފަައިވާ ވެކްސިނުގެ 3 ބެޗު ޖަޕާނުގައި މަނާކޮށްފައިވާއިރު މި ތިން ބެޗުވެސް އުފައްދާފައި ވަނީ މޮޑާނާ ކުންފުނީގެ ކޮންޓްރެކްޓްގެ ދަށުން ސްޕޭންގައެވެ.

މޮޑާނާ ކުންފުނީގެ ޖަޕާނުގެ ޑިސްޓްރިބިއުޓަރކަމުގައިވާ ޓަކޭޑާ ފާމެކިއުޓިކަލްއާ ގުޅިގެން މިދިޔަ ހަފްތާގައި ނެރެފައިވާ ޖޮއިންޓް ސްޓޭޓްމެންޓެއްގައި ބުނެފައި ވާގޮތުގައި މޮޑާނާ ވެކްސިނުގެ ތެރެއިން ފެނިފައިވާ ސްޓީލްސްގެ އެތިކޮޅުތަކުގެ ސަބަބުން ވެކްސިން ޖަހާ މީހުންގެ ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ވެކްސިން ޖެހި 3 މީހަކު މަރުވުމުން އެ ކުންފުނިން ދަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!