ޚަބަރު

އަރިދަފުސް ރޯގާ ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަހުގެ 26 އިން ފެށިގެން އަރިދަފުސް ރޯގާ ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަފްތާގައި އަރިދަފުސް ރޯގާގެ 2282 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އަދި ދެވަނަ ހަފްތާ 4234 ކޭސް، ތިން ވަނަ ހަފްތާ 4636 ކޭސް، ހަތަރު ވަނަ ހަފްތާ 4121 ކޭސް އަދި ފަސް ވަނަ ހަފްތާގައި 7140 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭ އިން ބުނީ މިއީ ފަހަރުގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ނުވަތަ ކޮރޯނާވައިރަހާ ގުޅިގެން އާންމުން ސްކްރީން ކުރަން ފެށުމުގެ ސަބަބުން އައި ބަދަލަކަށް ވެސް ވެދާނެ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!