ޚަބަރު

އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްލާމިކް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

Ads by MPL

ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ. އެ ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޝަހީމް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއްކަމުގަ އެވެ.

އޭނާ ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރުމަށް ދައުވަތު ދީފަ އެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް އިލްތިމާސްކުރައްވާފައިވެ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގަ އެވެ. މީގެ އިތުރުން އެ ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވެ އެވެ.

Ads by Allied Insurance