ޚަބަރު

ކިޔޫ ނުހަދަން އަންގައިފައި ވަނިކޮށް، ސޯޝަލް ސެންޓަރު ބޭރުގައި ކިޔޫ ހަދައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޓިކެޓް ގަންނަން ކިޔޫ ނުހެދުމަށް ޔޫތު މިނިސްޓްރީން މިއަދު އަންގައިފައި އޮއްވާ ސޯޝަލް ސެންޓަރު ބޭރުގައި ބަޔަކު ކިޔޫ ހަދައިފިއެވެ.

Ads by STELCO

ޔޫތު މިނިސްޓްރީން ބުނެފައި ވަނީ ކިޔޫ ހަދަން ފެށޭނީ މާދަމާ ހެނދުނު 9:30ގައި ކަމަށެވެ.

އެ ސަރަހައްދުގައި ތިބި މީހުން ބުނީ އެމީހުން ކިޔޫގައި އެ ތިބީ 9:30ގައި ކިޔޫއަށް އަރައިގެން ޓިކެޓް ލިބޭނެކަން ޔަގީން ނުވާތީ ކަމަށެވެ.

އެ ސަރަހައްދުގައި ކިޔޫ ހެދުމާ އެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ އެ ތަނަށް ވަޑައިގެން އެ މީހުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

ކިޔޫގައި ތިބި މީހުން މިނިސްޓަރުގެ ގާތުގައި ވަނީ އެ މީހުންނާ މެދު ކަންބޮޑު ނުވުމަށް އެދިފައެވެ. އަދި އެ މީހުން އެތަނުގައި އެ ތިބީ ވަރަށް އުފަލުން ކަމަށް ވެސް އެ މީހުން ބުނެއެވެ.

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައި ވަނީ 3000 ޓިކެޓެވެ. ކޮވިޑާ ގުޅިގެން ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ 5000 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!