ދުނިޔެ

ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އެތުލީޓުގެ މަރުގެ ތުހުމަތު ފިރިމީހާއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކެންޔާގެ މަޝްހޫރު އެތުލީޓެއް ކަމަށްވާ އެގްނެސް ޓިރޮޕްއަށް ތޫނު އެއްޗަކުން ހަމަލާދީ، އޭނާގެ ގޭގައި މަރައިލައިފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

އެގްނެސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތު ކޮށްފައި ވަނީ އޭނާގެ ފިރިމީހާގެ މައްޗަށެވެ.

އޮލިމްޕިކް ބްރޮންޒް މެޑަލިސްޓް އެގްނެސް ގެއްލިގެން އޭނާގެ ބައްޕަ ވަނީ އިއްޔެ ރިޕޯޓު ކޮށްފައި ކަމަށް ޚަބަރުތަކުން ބުނެއެވެ.

ފުލުހުންނަށް މިއަދު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، އޭނާގެ ފިރިމީހާއާ އެކު ދިރިއުޅޭ ގެއެއްގައި އެމީހުންގެ ކޮޓަރި ތެރެއިންނެވެ. އޭނާ ފެނުނު އިރު އޮތީ ލެއިން ތަތް ތެޅިފައި ކަމަށާއި އެއިރު އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެގްނެސްގެ މަރުގެ ތަހުގީގު މިހާރު ހިނގަމުން ދާއިރު، ފުލުހުން ބުނީ އޭނަގެ ފިރިމީހާ ވަނީ ފިލައިފައި ކަމަށެވެ. އެހެންކަމުން އެގްނެސްގެ މަރުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އޭނަގެ ފިރިމީހާގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެގްނެސްއަށް ވީ ގޮތެއް އޮޅުން ފިލުވުމަށް ފުލުހުން ދަނީ އޭނަގެ ފިރިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނެފައި ވަނީ، އެގްނެސްގެ ގާތިލުން ހޯދުމަށް މަސައްކަތް ކުރުމަށް ޓަކައި އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ޗެކް ކުރާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!