ޚަބަރު

ކަނޑުމަގުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަނޑުމަގުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

Ads by Hajj Corporation

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 12ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ.

މި މައްސަަލައިގައި ފުލުހުން 7 މީހަކު ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން ދައުވާކޮށްފައި ވަނީ 6 މީހެއްގެ މައްޗަށެވެ.

މިއީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ ދޯނިން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެސް ވެއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ)އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!