Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭ އައިސް އުޅޭއިރު ހެދުން އެޅުމުގައި ގަަވައިދުތަކަށް ސަމާލުވުމަށް އިނގިރޭސިވިލާތުން އެދެފި

ރާއްޖެ އަންނަ އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖޭގެ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް ހެދުން އެޅުމަށް އިނގިރޭސިވިލާތުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެެވެ.

އިނގިރޭސިވިލާތުން އާ ޓްރެވަލް އެޑްވައިޒަރީއެއް ނެރިފައި މިވަނީ އެގައުމުގެ ފަތުރުވެރިއެއް ކ. މާފުށީގައި ބިކިނީ ލައިގެން އުޅުނިކޮށް ފުލުހުން އޭނާ ހައްޔަރުކުރި މައްސަލައެއް ވަރަށް ބޮޑަަށް ހޫނުވެފައި ވަނިކޮށެވެ.

ޓްރެވަލް އެޑްވައިޒަރީގައި އިތުރަށް ބުނީ ރާއްޖޭގައި ޗުއްޓީހޭދަކުރާއިރު މީހުން ދިރުއުޅޭ ރަށްރަށުގައި ދެ ޖިންސުގެ މީހުންވެސް ކުރުކުރު ހެދުން ލައިގެން ނޫޅުމަށެެވެ. އަދި އެއްގޮތަކަށްވެސް ބަރަހަނާކޮށް ރާއްޖޭގެ އެއްވެސް ތަނެއްގައި ނޫޅުމަށް ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެެވެ.

Advertisement
Ooredoo — Truecaller (box)

އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި، ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ މުޅިން ނުބައި ގޮތެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ފުލުހުންނަށް ހޭންޑަލް ކުރެވޭނެ އެވެ.

ނަމަވެސް އެމައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިސީލިޔާގެ އަރިހުން މާފަށް އެދިފައެެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް